Bookings are temporarily closed for the MFRC Inter-office Sports Fiesta.
Futsal Ground BookingBooking
Ground rules

ގަވާއިދު

01

ތަޢާރަފާއި ނަން

(ހ) މި އުޟޫލަކީ ށ. މިލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޓާރފް ފުޓްސަލް ދަނޑު ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުޟޫލެވެ. (ށ) މި އުޟޫލަށް ކިޔަނީ "ށ. މިަންދޫ ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުޟޫލު" އެވެ.

02

މަޤުސަދު

މި އުޟޫލުގެ މަޤްޞަދަކީ ށ. މިލަންދޫ ފުޓްސަލް ދަނޑު ހަމަހަމަކަމާއެކު، އިންތިޒާމުވެފައިވާ ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމެވެ.

03

ފުޓްސަލް ދަނޑު ދޫކުރެވޭ ފަރާތްތައް

(ހ) އާއްމުންނަށް (ށ) މުޢައްސަސާތަކަށް (ނ) ކުލަބް ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކަޑަމީތަކަށް

04

ފުޓްސަލް ދަނޑު ބޭނުންކުރެވޭ ގޮތްތަށް އަދި ދޫކުރެވޭ ގަޑިތަށް

(ހ) ފުޓްސަލް ދަނޑު ބޭނުންކުރަންވާނީ ދަނޑަށް ގެއްލުން ނުވާނެފަދަ ގޮތަކަށެވެ. (ށ) ދަނޑު ބޭނުންކުރާ ފަރާތްތަކުން ދަނޑު ބޭނުންކުރަންވާނީ ކައުންސިލުން ކަނޑައަލާފައިވާ އުޞޫލުގެ މަތިންނެވެ. (ނ) އާއްމު އުޞޫލުން ދަނޑު ބޭނުން ކުރެވޭނީ ފުޓްސަލް އަދި ހޭންޑްބޯލް ކުޅުމަށް އެކަންޏެވެ. ނަމަވެސް ކައުންސިލުން ހުއްދަދީގެން މި ނޫން އެހެނިހެން ބޭނުންތަކަށް ފުޓްސަލް ދަނޑު ބޭނުންކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. (ރ) ފުޓްސަލް ދަނޑު ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޙާއްސަ ގަޑިތަށް: (1) ހަވީރު 16:00 އިން 17:00 އަށް (ސްކޫލް ދަރިވަރުންނަށް) (2) ހަވީރު 17:00 އިން 18:00 އަށް (އާންމުންނަށް) (3) ރޭގަނޑު 20:30 އިން 21:30 އަށް (އާންމުންނަށް) (4) ރޭގަނޑު 21:30 އިން 22:30 އަށް (އާންމުންނަށް) (5) ރޭގަނޑު 22:30 އިން 23:30 އަށް (އާންމުންނަށް) (ބ) މި މާއްދާގެ (ރ) ގައި ކަނޑައެޅިފައިވާ ގަޑިތަކަށް ޙާއްސަކުރެވުފައިވާ ފަރާތްތަކުން މި ކައުންސިލުން ފުޓްސަލް ދަނޑު ދޫކުރުމުގެ ކަންކަމާއި ގުޅިގެން ހަދާފައިވާ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި މި ކައުންސިލުން ކަނޑައޅާ ވަގުތުގައި ދަނޑު ހޯދުމަށް އެދެންވާނެއެވެ. (ޅ) ދަނޑު ބޭނުންކުރުމަށް ސްކޫލް ދަރިވަރުން ބޭނުންވާނަމަ، އެދަރިވަރުންގެ ބެލެނިވެރިއެއް ދަނޑު ހޯދުމަށް، އެދުވަހެއްގެ ހެނދުނު 11:00 އިން 16:00 އަށް މިއިދާރާއިން އެކަމަށް ކަނޑައަލާފައިވާ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި އެެދެންވާނެއެވެ. (ކ) އާއްމުންނަށް ޙާއްސަ ކުރެވިފައިވާ ވަގުތުތަކަށް ދަނޑު ހޯދުމަށް އެދުވަހެއްގެ ހެނދުނު 11:00 އިން ފެށިގެން މިއިދާރާއިން އެކަމަށް ކަނޑައަޅާފައިވާ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި އެދެންވާނެއެވެ. (އ) ރަށުން ބޭރުގެ ފަރާތްތަކުން ފުޓްސަލް ދަނޑު ބޭނުންކުރަން ޖެހިއްޖެނަމަ މި ކައުންސިލަށް އެކަމުގެ ތަފުޞީލީ މަޢުލޫމާތު ހިމަނައި ހުއްދައަށް އެދެންވާނެއެވެ. (ވ) މި މާއްދާގެ (ރ) ގައި ކަނޑައެޅިފައިވާ ގަޑިތަކުގައި ކައުންސިލުން އެދިގެން ނުވަތަ ކައުންސިލްގެ ބޭނުންތަކަށް ދަނޑު ބޭނުންކުރަން ޖެހިއްޖެނަމަ އެ ގަޑީތައް މި އިދާރާގެ ބޭނުންތަކަށް ޙާއްސަކުެވިގެންވެއެވެ. (މ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގަޑިތަށް ފިޔަވައި އިތުރު ގަޑިތަކުގައި ދަނޑު ބޭނުންކުރުމަކީ މަނާކަމެކެވެ. (ފ) ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކަށް ފަރިތަކުރުމަށް ކައުންސިލުން ހެދޭ ޝެޑިއުލަކާއި އެއްގޮތަށް ދަނޑު ދޫކުރުމުގައި ޢަމަލުކުރެވޭނެއެވެ.

05

އާއްމު ބައިތައް

(ހ) ށ. މިލަންދޫ ފުޓްސަލް ދަނޑު ދޫކުރެވޭނެ ޙާލަތްތައް: (1) އެކަޑަމީ، ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި މުޢައްސަސާތަކުން ބާއްވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތްތަކަށް (2) އާއްމު ފަރާތްތަކުން ހިންގާ ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތްތަކަށް (ށ) މި މާއްދާގައި (ހ) ގައި ބަޔާންކުރާ ފަރާތްތަކުން ދަނޑު ބޭނުންކުރުމަށް ލިޔުމުން ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ. މި ހުށަހެޅުމުގައި ބޭއްވުމަށް ގަސްދުކުރާ ޙަރަކާތިގެ ތަފުޞީލާއި، ދަނޑު ބޭނުންކުރަން ބޭނުންވާ ތާރީޚާއި ގަޑިއާއި، ޙަރަކާތް ހިންގާ ފަރާތުގެ މަޢުލޫމާތި ހިމަނަންވާނެއެވެ. (ނ) ކުލަބް ޖަމްޢިއްޔާތަކުންނާއި، އެކަށަމީ އަދި އަމިއްލަ ފަރާތްތަކުން ހިންގާ ކުޅިވަރު މުބާރާތްތަކަށް ޓާރފް ދަނޑުގައި ޤާއިމުކޮށްފައިވާ އިމާރާތް ދޫކުރެވޭނީ 24 ގަޑިއިރަށް 250$ މަގުންނެވެ.

06

ދަނޑު ސާފުކޮށް ބެލެހެއްޓުން

(ހ) ދަނޑު ބޭނުންކުރާ ފަރާތްތަކުން ދަނޑު ބޭނުންކުރުމަށްފަހު ދަނޑު ސާފުކުރަން ވާނެއެވެ. (ށ) ދަނޑުގެ އެތެރޭއަށާއި، ދަނޑުގެ ވަށައިގެންވާ ސަރަހައްދަށް ކުނިއެޅުމަކީ މަނާކަމެކެވެ.

07

ދަނޑަށް ލިބޭ ގެއްލުން

(ހ) ދަނޑު ބޭނުންކުރާ ފަރާތުގެ އިހުމާލުން ދަނޑަށް އއެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެ ވަގުތު ދަނޑު ނަގާފައިވާ ފަރާތުންނެވެ. (ށ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައަޅާނީ ދަންޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި ށ. މިލަންދޫ ކައުންސިލުންނެވެ.

08

ދަޑުގައި ކުރުން މަނާ ކަންތައްތައް

(ހ) ޓާރފް މައްޗަށް ފައިވާނާއެކު ވަނުން. (ށ) ދަނޑުގައި ދުންފަތުގެ އިސްތިއުމާލުކުރުން. (ނ) ދަނޑުތެރެއަށް ކުނިއެޅުން. (ރ) ދަނޑަށް އަދި ދަނޑުގެ އެއްވެސް އެއްޗަކަށް ގެއްލުންވާފަދަ ޢަމަލެއް ކުރުން. (ބ) މެޗް ބޫޓް (އުންޖެހި ބޫޓު) ބޭނުން ކުރުން. (ޅ) ދަނޑުތެރޭގައި އަލިފާން ގެންގުޅުން. (ކ) ގޯލް، ބެންޗު އަދި މިނޫންވެސް ތަކެތިވެސް ޓާރފަށް ގެއްލުންވާގޮތަށް ދަމާފައި ގެންދިއުން. މި މާއްދާގައިބަޔާންކޮށްފައިވާ ކަންތައްތައް ނޫނަސް ދަނޑަށް ގެއްލުންވާ ކޮންމެ ކަމަކީ ނުވަތަ ޢަމަލަކީ ދަނޑުގައި ކުރުން މަނާ ކަންކަމެވެ.

09

އުޞޫލު އިސްލާޙުކުރުން

(ހ) މި އުޞޫލަށް އިސްލާޙު ގެނައުމުގެ ޙައްޤު ލިބިގެންވަނީ ށ. މިލަންދޫ ކައުންސިލަށެވެ. އުޞޫލަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން އާންމުކޮށް އިޢުލާންކުރެވޭނެއެވެ.

10

އުޞޫލުގައި ނެތްކަމެއް ދިމާވުން

(ހ) މި އުޞޫލުގައި ބަޔާކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ ށ. މިލަންދޫ ކައުންސިލުންނެވެ.